Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ފޭރުނު އަންހެނަކު ހައްޔަރުކޮށް، ބަންދަށް

ފޭރުމުގެ މައްސަލައަކާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފި އެވެ.

އުތުރުގެ ރަށަކަށް ނިސްބަތްވާ 28 އަހަރުގެ އަންހެން މީހާ ފޭރުނު މައްސަލައިގައި ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ.

އޭނަގެ ބަންދު އަމުރުގައިވާ ގޮތުން ކުރިން ވެސް ކުށުގެ ރެކޯޑްތަކެއް އޮތް އަންހެން މީހާގެ ބަންދަށް މުއްދަތު ޖެހީ މުޖުމަތައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކަ އެވެ. އެ އަންހެން މީހާ އަކީ ކުރިން ވެސް ޖިނާއީ ބައެއް މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހެކެވެ.