Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ޓިކްޓޮކް ޒުވާބަކަށް ފަހު ހަމަނުޖެހުން ހިންގަން އުޅެފި

ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމަކަށްފަހު ގެޔަކަށްވަދެ ހަމަނުޖެހުން ހިންގަން އުޅެފިއެވެ.

ފުލުހުން ބުނެފައިވަނީ ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމެއްގައި މިއަދު ހެނދުނު މާފަންނު ގެއަކަށްވަދެ ހަމަނުޖެހުން ހިންގަން ދެ މީހަކު އުޅުނު ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި އެމީހުން މިހާރު ދޫކޮށްލާފައިވާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.