Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

އެޗްޕީއެލްގެ ބައެއް ހިދުމަތްތަކުގެ އަގުތަކަށް ބަދަލުތަކެއް

އައްޑޫ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ދެމުން އަންނަ ބައެއް ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބައެއް ހިދުމަތްތަކުގެ އަގުތަކަށް ބަދަލި ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 1 އިން ފެށިގެންނެވެ. އަދި އެގޮތަށް ނިންމީ ކުންފުނީގެ ބޯޑުން ކަމަށް ބުންޏެވެ.

އެގޮތުން އަގުތަކަށް ބަދަލު ގެންނަން ނިންމި ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ހުސް ކޮންޓެއިނަރުތަކުގެ ސްޓޯރޭޖް ފީ އާއި ހޭންޑްލިން ވެއާފޭޖްގެ އިތުރުން ޖެނެރަލް ކާގޯ އެވެ.

އެޗްޕީއެލް އަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން ހިންގަމުން އަންނަ ކުންފުންޏެކެވެ. ހިތަދޫ ޕޯޓް ނުވަތަ ދެކުނުގެ ސަރަހައްދީ ބަނދަރަކީ އެ ކުންފުނިން މެނޭޖް ކުރަމުން އަންނަ ތަނެކެވެ.