Last Updated: February 12, 21:09
Wednesday, February 12, 2025
ޚަބަރު

މާނިއު މަގާމުން ވަކިކޮށްފި

ޔޫސުފް މާނިއު މުހައްމަދު- ފޮޓޯ: ކަސްޓަމްސް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ޔޫސުފް މާނިއު މުހައްމަދު ވަކިކޮށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފިއެވެ.

ކަސްޓަމްސްގެ ވެރިއަކަށް މާނިއު އައްޔަންކުރައްވާފައިވަނީ 2023 ނޮވެމްބަރު 20 ވަނަ ދުވަހުއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ޔޫސުފް މާނިއު ވަކިކޮށްފައިވާކަން "އައްޑޫލައިވް"އަށް ވަނީ ކަށަވަރު ކުރެވިފައެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައިވާ މާނިއު މީގެކުރިން ވަނީ އޮޑިޓާ ޖެނެރަލް އޮފީހާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ މާނިއު ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޅ. ހިންނަވަރު ސަންދުރަ، ފާތިމަތު ދިޔާނާ އައްޔަނު ކުރައްވާފައެވެ.