Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ކިލޯއެއްގެ ޑްރަގްސްއާ އެކު 3 މީހަކު ހައްޔަރުކޮށްފި

ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު 3 މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށް ބަންދަށް އިއްޔެ މުއްދަތު ޖެހީ 36، 44 ގެ އިތުރުން 54 އަހަރުގެ ދިވެހި ފިރިހެނުންނެވެ. އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން ތިން މީހުން ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތުތަކާއި ގުޅިގެން ތަނެއް ބަލައި ފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާތީ އެވެ.

އެގޮތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި އެއް ކިލޯ ހުރި ކަމަށް ކްރިމިނަލް ކޯޓު އަމުރުގައިވެ އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން 44 އަހަރުގެ މީހާގެ ބަންދަށް 20 ދުވަސް ޖެހި އިރު، 36 އަހަރުގެ މީހާ އާއި 54 އަހަރުގެ މީހާ ބަންދަށް ޖެހީ 7 ދުވަހެވެ.