Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ޑރ. ޝަހީމަށް ރައީސް މައުމޫންގެ ޝުކުރު !

އިސްލާމިކް މިނިސްޓަރ ކަމުން އަންގާރަދުވަހު އިސްތިއުފާ ދެއްވި ޝެއިހް ޝަހީމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލްގައްޔޫމް ޝުކުރު އަދާ ކުރައްވައިފިއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ގިނަ އަހަރުތަކެއް ވަންދެން ޝެއިހް ޝަހީމް ގައުމަށްޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތަށް ޝުކުރުވެރިވާ ކަމަށެވެ.
Untitled
ޝަހީމް އިސްތިއުފާ ދެއްވާފައިވަނީ ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ މެމްބަރުންނަށް އެމަގާމްތަކުން އިސްތިއުފާ ދެއްވުމަށް އެންގުމަށް އާދިއްތަ ދުވަހު ކުރިއަށް ދިޔަ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފައި ވަނިކޮށެވެ. އަދި ޝަހީމް އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަނިކުފާނު ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ އަކަށް ވެ ވަޑައިންނަވަން އުޅޭ ކަމުގެ ހަބަރުދަނީ ފެތުރެމުންނެވެ.

ޝަހީމްގެ އިސްތިއުފާ ދެއްވުމުން އެ މަގާމަށް ޑރ. އަހުމަދު ޒިޔާދު ވަނީ އައްޔަނު ކުރައްވާފައެވެ.