Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ގަވާއިދާ ހިލާފު އިތުރު 2 ބިދޭސީއަކު އަތުލައިގެންފި

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިތުރު ދެ މީހަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ ރޭ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރެއިން އެއް ތަނަކީ ގަވާއިދާ ހިލާފަށް މާލޭގައި ކާބޯތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ތަނެކެވެ.

އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ އަންހެނަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ބިދޭސީން ވިޔަފާރި ކުރަމުން ދިޔަ ތަނަކުން ބިދޭސީ ފިރިހެނަކު އަރުލައިގެންފައިވެ އެވެ.