Last Updated: July 8, 13:36
Tuesday, July 8, 2025
ޚަބަރު

މަގުމަތީގައި ވަޅިން ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި

މާލޭގެ މަގެއްގެ މަތީގައި ވަޅިއަކުން މީހުންނަށް ބިރު ދައްކައި އިންޒާރު ދެމުން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޗާންދަނީ މަގުގައި ހުންނަ "ލިޓަސް ޝޯ ރޫމް" ކައިރީ މަގުމަތީގައި ވަޅިއެއް ހިފައިގެން މަގުމަތިން ދިޔަ މީހުންނަށް ބިރު ދައްކައި އިންޒާރު ދެމުން ދިޔަ މައްސަލައިގައި ހައްޔަރުކުރީ 41 އަހަރުގެ ދިވެހި ފިރިހެނެެއް ކަމަށެވެ. އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިފަ އެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.