އައްޑޫގައި އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިމާރާތެއް ހެދުމަށް ބިމެއް ދޫކޮށްފި އެވެ.
ހިތަދޫގައި ހުންނަ ފަޔާމަން ބިލްޑިން އާ އިންވެެގެން އޮތް ބިން އިމިގްރޭޝަނާއި ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާތެރޭގައެވެ.
އިމގްރޭޝަނަށް ބިމެއް ހަމަޖެއްސިއިރު މިވަގުތު އިމިގްރޭޝަންގެ ހިދްމަތް ދޭން ބޭނުން ކުރަމުން އަންނަނީ ހިތަދޫ އަވަށު އޮފީހުގެ ބައެކެވެ. އެތަނުން މިހާރުވެސް ފުޅާ ދާއިރާއެއްގައި އިމިގްރޭޝަންގެ ހިދްމަތް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ބިދޭސީންނާ ގުޅޭ ހިދުމަތްކާއި ޕާސްޕޯޓް ހަދައި ދިނުން ފަދަ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.