Last Updated: April 30, 18:09
Tuesday, April 30, 2024
ވިޔަފާރި

ލިލީގެ ފިހާރައެއް އައްޑޫގައި ހުޅުވައިފި

"ލިލީ އައްޑޫ ޝޮޕް" ހުޅުވުމުގެ ރަސްމިއްޔާތަށް ހާއްސަކުރި ކޭކް، މޭޔަރު ސޯބެ މިއަދު ފަޅުއްވައި ދެއްވަނީ.---ހަވީރު ފޮޓޯ: އަހުމަދު އަދުޝަން

ރާއްޖެއަށް ގިނަ ބާވަތައް އެތެރެކޮށް މާކެޓް ކުރާ ލިލީ އެންޓަޕްރައިޒަސްގެ ފަރާތުން އައްޑޫގައި "ލިލީ އައްޑޫ ޝޮޕް"ގެ ނަމުގައި ހޯލްސޭލް ސެންޓަރެއް ހުޅުވައިފިއެވެ.

މަރަދޫފޭދޫގައި ކުރިން ހެބިޓެޓް ފިހާރަ ހިންގިތަނުގައި ހުޅުވި ލިލީ ޝޮޕް އައްޑޫ ހުޅުއްވައި ދެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ)އެވެ. މި ރަސްމިއްޔާތުގައި ސޯބެ ވިދާޅުވީ ލިލީ ފަދަ ބޮޑު ވިޔަފާރިއަކުން އައްޑޫގައި ސޭލްސް ޝޮޕެއް ހުޅުވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އެކަމަށްޓަކައި އެކުންފުނީގެ އިސްވެރިންނަށް ސޯބެ ޝުކުރު ދެންނެވިއެވެ.

މި ރަސްމިއްޔާތުގައި ލިލީ އެންޓަޕްރައިޒެސްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ހުސެއިން ފައިސަލް ވިދާޅުވީ އެކުންފުނިން އައްޑޫގައި ފިހާރައެއް ހެދުމަށް ނިންމީ، އައްޑޫގައި ބޮޑު އާބާދީއެއް އޮވެފައި، އައްޑޫގެ ގިނަ ވިޔަފާރިވެރިން ލިލީން މިހާރުވެސް ވިޔަފާރިކުރަމުން އަންނާތީ އެފަރާތްތަކަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.