Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

އޮންލައިން ލައިބްރަރީ އަށް ފޮތް ހަދިޔާ ކުރަން ފުރުސަތެއް

މާދަމާ ލޯންޗްކުރަން ހަމަޖެހިފައިވާ އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓްގެ ލައިބްރަރީ އަށް ދީނީ ފޮތްތައް ހަދިޔާ ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ އޮންލައިން ލައިބްރަރީއަށް ފޮތް ހަދިޔާކުރަން ހުރިހާ މީހުންނަށް ވެސް އެ ފުރުޞަތު އޮންނާނެ ކަމަށެވެ.

"އަޅުގަނޑު މި ފަހުން ލިޔެފައިވާ ހުރިހާ ފޮތެއް، އިސްލާމީ ވުޒާރާގެ ވެބްސައިޓްގައި ޤާއިމުކުރާ އިސްލާމިކް ވަޤުފު އޮންލައިން ލައިބްރަރީއަށް ލުމަށް މިނިސްޓްރީ އަށް ހަދިޔާކޮށްފިން." ޝަހީމު ވިދާޅުވި އެވެ.