Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

އިމާމުންގެ އަރަބި ކްލާސް ނިންމާލައިފި

އަރަބި ކުލާސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެެވެ.

މިއީ އިސްލާމިކް މިނިސްޓްޓްރީ އާއި ރާއްޖޭގައި ހުންނަ މިސްރު އެމްބަސީ ގުޅިގެން އިމާމުންނަށް ކުރިއަށް ގެންދިޔަ ކްލާހެކެވެ. މިސްރުގެ އަޒްހަރު ޔުނިވާސިޓީގެ މުދައްރިސުން ނަންގަވައި ދެއްވި ކްލާސްތައް ކުރިއަށް ގެންދިޔައީ
މިދިޔަ އަހަރުގެ ނޮވެމްބަރު 5 އިން މި އަހަރުގެ 7 މާޗް އެވެ. އެ ކްލާސްތައް 20 އިމާމަކު ފުރިހަމަކޮށްފައިވެ އެވެ.

އެ ކުލާސް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދިނީ އިއްޔެ މެންދުރު ފަހު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، މިސްރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި 20 އިމާމުންނަށް ވަނީ ސެޓްފިކެޓާއި މިސްރު ތާކިހާ އަރުވާފައިވެ އެވެ.