Last Updated: July 27, 16:45
Monday, July 27, 2026
ޚަބަރު

އެއްލާލި ދަބަހެއްގައި ބިޔަރު ދަޅުތަކެއް

ބިޔަރު ދަޅުތަކަކާ އެކީ ހުޅުމާލެ އިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުުނީ އެ މައްސަލައިގައި މިއަދު ހެނދުނު ހައްޔަރުކުރީ 29 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

އެ މީހުން ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ހުޅުމާލެ ބީޗު ކުލަބް ކައިރިން ދެ މީހަކު ދަބަހެއް އެއްލައިލާފައި ދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ މީހުން ހުއްޓުވައި ސުވާލުކުރުމަށް ފަހު އެވެ. އަދި އެއްލައިލި ދަބަސް ބަލައިފާސްކުރި އިރު 27 ދަޅު ބިޔަރު އޭގައި އޮތް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ