Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

މިޔަންމާގެ ރައީސްއަށް މަލާމާތްކޮށްގެން ނޫސްވެރިޔަކު ހައްޔަރުކޮށްފި

ފޭސްބުކްގައި މިޔަންމާގެ ރައީސްއަށް އަދި އެޤައުމުގެ ތާރީޚީ ހަނގުރާމައަކަށް މަލާމާތްކުރި އެޤައުމުގެ ނޫސްވެރިޔަކު ހައްޔަރުކޮށްފިއެވެ.

އަންގް ނޭ މުޔޯ ނަމަކަށް ކިޔާ ނޫސްވެރިޔާ ހައްޔަރުކުރުމާއި ބެހޭ ގޮތުން އެގައުމުގެ ފުލުހުން ބުނެފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ 1950ގެ އިމަޖެންސީ ޕްރޮވިޝަނަލް އެކްޓާއި ޚިލާފުވެގެންނެވެ.

ޚަބަރުތައް ބުނާގޮތުގައި މުޔޯގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ އޭނާއަށް ގިނަވެގެން 7 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މުޔޯ ފޭސްބުކްގައި ލިޔެފައިވާގޮތުގައި 1971 ގައި ހިނގައިދިޔަ ހަނގުރާމައިގެ މޭސްތެރިޔަކީ މިޔަންމާގެ މިހާރުގެ ރައީސް ތެއިން ސެއިންއެވެ.

3 ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު މުޔޯ މިހާރު ވަނީ ދޫކޮށްލާފައި ވާއިރު އޭނާ ބުނެފައިވަނީ ފުލުހުން ސުވާލުކޮށްފައިވަނީ އޭނާގެ ފޭސްބުކްގައި ޝެއާކުރި ފޮޓޯތަކަކާއި ބެހޭގޮތުން ކަމަށެވެ.

1950 އިމަޖެންސީ ޕްރޮވިޝަނަލް އެކްޓާއި ޚިލާފުވެގެންކަމަށްބުނެ މިޔަންމާގެ ރައީސް ތެއިން ސެއިންގެ ސަރުކާރުންވަނީ މިހާރުވެސް ވަރަށް ގިނަ ނޫސްވެރިންނާއި ރައްޔިތުން ހައްޔަރުކޮށްފައެވެ.