Last Updated: July 28, 11:35
Tuesday, July 28, 2026
ޚަބަރު

ވަގު ވިސާއެއްގައި ފުރަން އުޅުނު ބިދޭސީއަކު ޑީޕޯޓް

ވަގު ވިސާއެއްގައި ރާއްޖޭން ފުރަން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވައި، ޑީޕޯޓްކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ކައުންޓަފީޓްކޮށްފައިވާ ވިސާއެއް ހިމެނޭ ޕާސްޕޯޓެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވީއައިއޭ) އިން ފުރަން އުޅެނިކޮށް ހޯމަ ދުވަހު ހިފެހެއްޓީ 35 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަން އަދި ފުރަން އުޅުނީ ކޮން ގައުމަކަށް ކަމެއް ވެސް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.