Last Updated: July 3, 18:27
Friday, July 3, 2026
ކުޅިވަރު

އަލިކެފޭ ސްޓްރީޓް ސޮކަ 2013 ގެ ކުއާޓަ ފައިނަލް މިރޭ

މިހާރު ސ. ގަމުގައި ކުރިއަށްދާ "އަލިކެފޭ ސްޓްރީޓް ސޮކަ 2013" މުބާރާތުގެ ކުއާޓަ ފައިނަލް މެޗްތައް މިރޭ ފެށޭނެ އެވެ.

މި ރޭގެ ފުރަތަމަ މެޗްގައި ފޭދޫ އެސްއެމްޓީ އާއި ހިތަދޫ މަލްޓީ ޖީނިއަސް ބައްދަލު ކުރާނެ އެވެ. އަދި ދެވަނަ މެޗްގައި ފްރެންޑް ކްލަބާއި ބައްދަލު ކުރާނީ އެފްސީ ލިޓްލް ޓައުން އެވެ.

ޖުމްލަ 16 ޓީމެއް ވާދަކުރި މި މުބާރާތުގެ މާދަމާ ރޭގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ މަރަދޫ ފެދޫ ޓީމާއި އެފްސީ ކަޅަބެންޗާ އެވެ. އަދި ދެވަނަ މެޗްގައި ބައްދަލު ކުރާނީ ފޭދޫ އެފްއާރްޓީ އާއި ގަން ޕޮލިސް ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗް މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުޅޭ އިރު މެޗްގެ ކުރިން ރާއްޖޭގެ ސްޓްރީޓް ސޮކަ ފްރީ ސްޓައިލް ޗެމްޕިއަންގެ ހާއްސަ އައިޓަމެއް އޮންނާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފޭދޫ ސްޕޯޓްސް ކުލަބްއިން މައުލޫމާތު ދެ އެވެ.