Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ސައިން ލޭންގްއޭޖް ކޯހަށް ސުންގަޑި ހަމަވަނީ

އަންނަ މަހު ފަށަން ހަމަޖެހިފައިވާ ބޭސިކް ސައިން ލޭންގުއޭޖް ކޯހުގައި ބައިވެރިވުމަށް ދިން ސުންގަޑި މާދަމާ ހަމަވާނެ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނެފި އެވެ. ސަރުކާރުގެ މުއައްސަސާތަކަށް ހުޅުވާލައިފި އެވެ.

މި ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތުން މުޢާމަލާތުކުރުމަށް ދަސްކޮށް ދިނުމުގެ ގޮތުން މިނިސްޓްރީން އިންތިޒާމުކުރާ ކޯހެކެވެ. އެ މިނިސްޓްރީން ބުނީ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ މިނިސްޓްރީތަކަށް ބައިވެރިވުމުގެ މިހާރު ފުރުސަތު ހުޅުވާލާފައިވާ އިރު، މާދަމާ އަށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވާނެ ކަމަށެވެ.

ކޮންމެ އިދާރާއަކުން ވެސް މަދުވެގެން ދެ މުވައްޒަފަކު ކޯހުގައި ބައިވެރިވުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.

ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާ ގޮތަށް ފަރުމާކޮށްފައިވާ ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބެޗްތަކަކަށް ބަހާލައިގެން، ކޮންމެ ބެޗެއްގައި 50 މީހުން އެކުލެވޭ ގޮތަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ކޯހުގައި ބައިވެރިވާނީ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުންކަމުން، ރައްޔިތުންނަށް ހަމަހަމަކަމާއެކު ތަފާތުކުރުމެއް ނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށް ދިނުމަށް ކޯހުގެ ސަބަބުން މަގުފަހިވެގެން ދާނެ އެވެ.