Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

މިސްކިތްތަކުގައި ޤާރީ ކްލާސް ހިންގަން ހުޅުވާލައިފި

މިސްކިތްތަކުގައި ދެ ނަމާދު ދޭތެރޭގައި ޤާރީ ކްލާސްތައް ހިންގުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގައި ދޭން ބޭނުންވާ އިމާމުންނާއި ޤުރްއާން މުދައްރިސުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންވެ އެދުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.