Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

އިތުރު 22 ބިދޭސީއަކު އަތުލައިގެންފި

ގަވާއިދާ ހިލާފަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުން ދިޔަ މައްސަލައެއްގައި އިތުރު ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ހިއްސާކޮށްފައިވާ މައުލޫމާތަކާ ގުޅިގެން ރޭ ހުޅުމާލޭގެ އިމާރާތެއް ބަލައި ފާސްކޮށްމިތަނުގައި ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 22 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެތަނުން ބުނީ އެތަނަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކާ ގުޅުން އޮތް ތަނެއް ކަމަށާއި އެ މައްސަލަ އިމިގްރޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެތަނުން ބުނީ މިއީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދަން ކުރިއަށް ގެންދަން ފެށި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގައި ހިންގުނު އެންމެ ބޮޑު އެއް އޮޕަރޭޝަން ކަމަށެވެ.