Last Updated: August 11, 21:11
Monday, August 11, 2025
ޚަބަރު

ޕީސީބީގެ ނައިބު ރައީސް ވަކިކޮށްފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފިރާޒް އެ މަގާމުން ވަކިކޮށްފި އެވެ.

އޭނަ މަގާމުން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިންނެވެ.

ޕީސީބީން ވަކިކުރުމުން ފޭސްބުކް ޕޯސްޓެއްގައި ފިރާޒު ވަނީ ޕީސީބީން މުސްތަގުބަލުގައި ކުރާ މަސައްކަތަށް ހެޔޮ އެދުންތައް އަރިސްކޮށްފައެވެ. އަދި އޭނަ ވަނީ މި ސަރުކާގައި ދުވަސްކޮޅަކަށް ނަމަވެސް މަސައްކަތް ކުރަން ލިބުނީތީ ރައީސް މުއިއްޒަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

ޕީސީބީގެ ބޯޑުގެ މެންބަރުންގެ ދައުރަކީ ފަސް އަހަރެވެ. ފިރާޒް އެ މަގާމުގައި އަދިވީ ތިން އަހަރެވެ.