Last Updated: February 12, 21:09
Wednesday, February 12, 2025
ޚަބަރު

ކިޑްސް ސްވިމިން ފެސްޓިވަލް ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް އަދި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ހުޅުމާލެ، އިންޑޯ ސްވިމިން ޕޫލްގައި ކުރިޔަށް ގެންދިޔަ 7 ވަނަ އިންޓަރ ސްކޫލް ސްވިމިންގ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ހަ ދުވަހަށް ކުރިޔަށްދިޔަ މި ފެސްޓިވަލް ގައި 23 ސްކޫލަކުން ހުނަރުވެރި 485 ފެތުންތެރިން އެ ދަރިވަރުންގެ ފެތުމުގެ ހުނަރު ދައްކާލުމަށް ބައިވެރިވެފައިވެ އެވެ.

އުމުރުން 6 އަހަރާއި 10 އަހަރުގެ އުމުރުފުރާގެ ބައިވެރިން ވާދަކުރީ ފްރީސްޓައިލް، ފްލައި، ބެކްސްޓޯރޯކް ، ބްރެސްޓްސްޓްރޯކް އަދި އިންޑިވިޖުއަލް މެޑްލީ ރޭސް ފަދަ ތަފާތު އިވެންޓްތަކުގަ އެވެ.

މި ފެސްޓިވަލްގެ މަގުސަދަކީ ކުޅިވަރުގައި ޒުވާނުންގެ ކުރިއެރުން ފާހަގަކޮށް، ޒުވާން އެތުލީޓުންނަށް ކުޅިވަރުގެ ފުރިހަމަ ގާބިލްކަން ހާސިލް ކުރުމަށް ބާރުއެޅުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި ފެސްޓިވަލް ގެ ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާ ވަނަވަނަ ހާސިލްކުރި ދަރިވަރުންނަށް ވަނީ މެޑަލް ހާވާލުކޮށްފަ އެވެ.