Last Updated: July 18, 13:50
Saturday, July 18, 2026
ޚަބަރު

ޗައިނާ ޓޫރިސްޓުންގެ އަދަދު 150،000 އިން މައްޗަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޗައިނާ ޓޫރިސްޓުންގެ އަދަދު 150،000 އިން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ޗައިނާ އިން ވަނީ ރާއްޖެ އަށް 153،180 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ވެސް ޗައިނާ އެވެ. ދެވަނައިގައި ރަޝިއާ އޮތީ 123،153 ޓޫރިސްޓުންނާ އެކީގަ އެވެ. އިނގިރޭސިވިލާތް ތިން ވަނައިގައި އޮތީ 103،051 ޓޫރިސްޓުންނާ އެކީގަ އެވެ.

ރާއްޖެ އަށް އިއްޔެގެ ނިޔަލަށް 144،279 ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިއާއެކު އަހަަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 1،159،808 އަށް އަރާފަ އެވެ.

އެވަރެޖްކޮށް ރާއްޖޭގައި މިހާރު ފަތުރުވެރިން ހަފްތާއެއްގެ މުއްދަތަށް މަޑުކުރާއިރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރަނީ 5،549 ފަތުރުވެރިންނެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.