Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ނައިބު ރައީސް އިރާންގައި

ނައިބު ރައީސް ހުސައިން މުހައްމަދު ލަފީތު މިއަދު އިރާނަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަނިކުފާނުގެ މި ދަތުރަކީ އިރާންނަށް މިދިޔަ މަހު އިންތިހާބުކުރި އާ ރައީސް ޑރ. މައްސޫދު ޕެޒެޝްކިއަން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.

ނައިބު ރައީސް އިރާނަށް ވަޑައިގަތް އިރު، ހުކުރު ފްރާސްގެ ޕެރިހުގައި ފެށި އޮލިމްޕިކްސްގެ ރަސްމިއްޔާތަށް ކުރެއްވި ދަތުރަށް ފަހު، އެ މަނިކުފާނު ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ.