Last Updated: July 17, 18:07
Saturday, July 18, 2026
މުނިފޫހިފިލުވުން

ކޯޓޭޝަން ގޭންގް: ސަނީގެ އެންމެ ތަފާތު ފިލްމު

Sunny Leone unveils her fashion brand at India Licensing expo in goregaon on 8th July 2019 shown to user

ބަތަލާ ސަނީ ލިއޯން މިހާތަނަށް އެންމެ ތަފާތު ރޯލަކުން ފެންނާނެ ތަމަޅަ ފިލްމު "ކޯޓޭޝަން ގޭންގް" އަށް އާ ތާރީހެއް ހަމަޖައްސައިފި އެވ.

މިހާތަނަށް ވަރަށް ގްލެމަރަސް އަދި ވަރަށް ބޯލްޑް ރޯލުތަކެއް ކުޅެފައިވާ ބަތަލާ ބަތަލާގެ މި ފިލްމަކީ އޭނަ ވަރަށް ޑިގްލެމަރަސްކޮޒް ފެންނާނެ ފިލްމެކެވެ. އަންނަ މަހުގެ 30 ގައި ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައިވާ "ކޯޓޭޝަން ގޭންގް" ސަނީ ކުޅެފައި ވަނީ ކޮންޓްރެކްޓް ސީރިއަލް ކިލާއެއްގެ ރޯލެވެ.

މިހާރު އާންމުކޮށްފައިވާ ޕޯސްޓަރުން ވެސް މިއީ ސަނީގެ މުޅިން ތަފާތު ސައިޑެއް ދައްކުވައި ދޭނެ ފިލްމެއްކަން ސާބިތުކޮށްދެ އެވެ.

ކްރައިމް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ކޯޓޭޝަން ގޭންގް" ގެ ކާސްޓްގައި ޕްރިޔަމަނީ އާއި ޖެކީ ޝްރޮފް ވެސް ހިމެނެ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ވިވެކް ކުމާރު ކަންނާން އެވެ.

ކުރިން އެޑަލްޓް ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރި ސަނީ ބޮލީވުޑަށް ނުކުތީ 2012 ގެ ފިލްމު "ޖިސްމް 2" އިންނެވެ.