Last Updated: July 28, 18:24
Tuesday, July 28, 2026
ރިޕޯޓް

ދަތް އުނގުޅުން ސުންނަތްކަން ގަދަ ވަގުތުތައް

ވުޟޫ ކުރަން ފަށާއިރުގައްޔާއި ނިދީން ހޭލާ ހިނދުގައްޔާއި އަނގައިގެ ވަސް ތަޣައްޔަރުވާ ހިނދުގައްޔާއި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިންނާއި ނަމާދުކުރަން ފެށުމުގެ ކުރީން، ހަމައެފަދައިން ގެއަށް ވަންނަ އިރަކީވެސް ދަތްއުނގުޅުން ސުންނަތްކަން ގަދަވެގެންވާ ވަޤުތުތަކެވެ. އެއީ މި ޙަދީޘުގެ ސަބަބުންނެވެ.

عَنِ الْمِقْدَامِ بْنِ شُرَيْحٍ، عَنْ أَبِيهِ، قَالَ سَأَلْتُ عَائِشَةَ قُلْتُ بِأَىِّ شَىْءٍ كَانَ يَبْدَأُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ بَيْتَهُ قَالَتْ بِالسِّوَاكِ‏.‏ [أخرجه مسلم برقم (253)] “ގެއަށް ވެދެވަޑައިގެން އެންމެ ފުރަތަމަ ނަބިއްޔާ ޞައްލﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ކަމަކީ ކޮބައިތޯ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ތިމަންކަލޭގެފާނު ސުވާލު ދެންނެވީމެވެ. ވިދާޅުވިއެވެ. ދަތް އުނގުޅުއްވުމެވެ.”

އަދި ވާހަކަ ނުދައްކާ ގިނައިރުވާ ވަޤުތާއި ދަތް ރީނދޫވާ ވަޤުތު (ދަތްހަޑިވާ ވަޤުތު) ވެސް ދަތް އުނގުޅުން ސުންނަތްކަން ގަދަވެގެންވެއެވެ. كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا قَامَ مِنَ اللَّيلِ يَشُوصُ فَاهُ بِالسِّوَاكِ . [ متفق عليه- رواه البخاري في كتاب الوضوء باب السواك برقم (245)، ومسلم في كتاب الطهارة باب السواك برقم (255).(1/13)]
މާނަ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަހައްޖުދު ނަމާދު ކުރައްވާނަމަ އެކަލޭގެފާނު ސިވާކުން ދަތް އުނގުޅުއްވަތެވެ.”
އަޅުކަންކުރާ އިރުގަޔާއި ﷲ އާ ކުއްތަންވާހިނދު މުސްލިމު މީހާއަށް އަމުރުވެރިވެގެން ވަނީ ސާފުކަމާއި ރީތިކަމުގެ ގޮތުން ވީހާވެސް ރަނގަޅު ޙާލަތެއްގައި އޭނާ ހުރުމެވެ.

ނޯޓް: ދިސަލަފިއްޔާ