Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ބިދޭސީންގެ "ނަޖިސް ބަދިގެ" ސާފުކޮށްފި

ސާފުތާހިރުކަން ކުޑަކޮށް، އިޖުތިމާއީ މިންގަނޑާ ޚިލާފަށް ބިދޭސީން ހުޅުމާލޭގައި ކައްކަމުން ދިޔަ ތަނެއް އިމިގްރޭޝަނުން ބަލައި ފާސްކޮށްފައި ވަނިކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ވަނީ އެތަން ސާފުކޮށްފި އެވެ.

އިމިގްރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ވިނަރެސް ފްލެޓްގެ ފަހަތުގައިވާ އެކޮމެޑޭޝަން ބްލޮކެއްގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭކަމަށް އިމިގްރޭޝަނަށް ލިބުނު މައުލޫމާތާ ގުޅިގެން އިއްޔެ ހަވީރު އެތަން ބަލާ ފާސްކޮށްފައި ވާކަމަށެެވެ.
އަދި ޓާސްކު ފޯހުން އެތަނަށް ދިޔައިރު އެ ތަނުގައި ތިބި ބިދޭސީންގެ ތެރެއިން ސައްހަ ވިސާއެއް ނެތް ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އެ އިދާރާ އިން ބުނީ އެ ތަނަކީ ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އިޖުތިމާއީ މިންގަނޑާ މުޅިން ޚިލާފަށް، ބިދޭސީން އެމީހުންގެ ދިރިއުޅުމުގެ ކަންކަމާއި ކެއުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ތަނަކަށްވާތީ އެކަން މިހާރު ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.