Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

"ފަލަސްތީނު ހިނގުން" ހެދުން ކުރިއަށް

"ފަލަސްތީނު ހިނގުން" އެ ނަން ދޭން ނިންމި މާލޭގެ އާ މަގު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ވަނީ މަގުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. "ފަލަސްތީނު ހިނގުން" ގެ ނަމުގައި މަގު ހަދަނީ މާފަންނު މަދުރަސާގެ ފުރަގަހުން އޮތް ސަރަހައްދުން އަލަށް ކެނޑި ގޯޅިއެއްގައި ހަދަމުން އަންނަ މަގެކެވެ.

ފަލަސްތީނާ އެކީ ދިވެހިން އަބަދު ވެސް ތިބޭނެކަން ހާމަކޮށް ދިނުމުގެ ގޮތުން ރާއްޖޭގެ ވެރިރަށް، މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައިގެން ނަމެއް ދޭން މެއި މަހުގެ ތެރޭގައި ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމެވެ. އަދި އެ މަގަށް "ފަލަސްތީނު ހިނގުން" ކިޔަން ކައުންސިލުން ފާސްކުރީ މިދިޔަ މަހުގެ 27 ގަ އެވެ.