Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ބިމުގެ ރަޖިސްޓްރީ އަށް ފީ ނަގަން ނިންމައިފި

ބިމުގެ ރަޖިސްޓްރީގެ ހިދުމަތްތަކަށް ފީއެއް ނަގަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން މިއަދު ބުނީ ގޯތީގެ ވަގުތީ ރަޖިސްޓަރީ ހެދުމަށާއި ގޯތީގެ ރަޖިސްޓަރީ އަދި ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެދުމަށް އަންނަ މަހުގެ 1 އިން ފެށިގެން 100ރ. ގެ ފީއެއް ނަގާނެ ކަމަށެވެ.

ކައުންސިލުން އެގޮތަށް ނިންމީ މިދިޔަ މަހުގެ 6 ގައި ބޭއްވި ކައުންސިލްގެ މި އަހަރުގެ 18 ވަނަ ޖަލްސާ އިން އެގޮތަށް ފާސްކުރުމާ ގުޅިގެންނެވެ.