Last Updated: May 16, 01:00
Thursday, May 15, 2025
ޚަބަރު

"ވެލްކަމް އިންޑިއާ" ރޯޑް ޝޯ ފަށައިފި

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން "ވެލްކަމް އިންޑިއާ" ގެ ނަމުގައި ކުރިއަށް ގެންދާ ރޯޑް ޝޯ މިއަދު ވެރިރަށް ނިއު ދިއްލީގައި ފަށައިފި އެވެ.

އެއީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއި މަޓާޓޯގެ އިތުރުން ގެސްޓްހައުސް އެސޯސިއޭޝަން ގުޅިގެން ބާއްވާ އިވެންޓެކެވެ.

ދިއްލީގެ އިތުރުންނ "ވެލްކަމް އިންޑިއާ" ރޯޑް ޝޯ މުމްބާއީ އާއި ބެންގަލޯރްގައި ވެސް ކުރިއަށް ގެންދާނެ އެވެ. އިވެންޓް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 1 އާ ހަމައަށެވެ.

އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުކުރުމަށްޓަކައި ކުރިއަށްދާ ރޯޑް ޝޯގެ ހަވާސާގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު ވަނީ އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ގަޖެންދުރަ ސިންގް ޝެކާވަތުގެ އިތުރުން އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމްމޯހަން ނައިޑޫއާ ވެސް ބައްދަލުކުރައްވައިފަ އެވެ.

އިންޑިއާ އަކީ މިހާރު ރާއްޖެ އަށް ހަ ވަނަ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އެ އިންޑިއާއިންނެވެ.