Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ސްކޮލަޝިޕްތަކަށް ޖަޕާނުން މިލިއަން ޑޮލަރުގެ ހިލޭ އެހީ

ޖަޕާނުން ރާއްޖެ އަށް އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ސްކޮލަޝިޕް މަޝްރޫޢު އަށް ގާތްގަނޑަކަށް 1.02 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި އެވެ.

ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް)ގެ ދަށުން މި އަހަރަށް ދޭން ހަމަޖެހިފައިވާ ހަ ސްކޮލަޝިޕް ފުރުޞަތު ފަހިކޮށްދީ ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ވަނީ ސޮއި ވެސް ކޮށްފަ އެވެ.

ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ.

ޖަޕާން ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެހީގެ ދަށުން، އެ ގައުމުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހިންނަށް ލިބިގެން ދެ އެވެ.