Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

"ކުރަނގި" އޮޕަރޭޝަން ލ. އަތޮޅުގައި ފަށައިފި

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ހިސާބެއްގަިއ ތިބި ބިދޭސީންގެ މައުލޫމާތު އެއްކުރަން ކުރިއަށް ގެންދާ "ކުރަނގި" އޮޕަރޭޝަން މުޅި ރާއްޖެ އަށް ފުޅާކުރުމަށް، އެ ޕްރޮގްރާމް މިއަދު ލ. އަތޮޅުގައި ފަށައިފި އެެވެ.

އެ އަތޮޅުގައި ބިދޭސީންގެ މައުލޫމާތު އެއްކުރަން ފެށި އިރު، އެ މަސައްކަތަށް ބޭނުންވާ ވަސީލަތްތަކެއް ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ހޯމްލޭންޑް މިނިސްޓްރީން ވަނީ ފޯރުކޮށް ދީފަ އެވެ. އެގޮތުން "ކުރަނގި" އޮޕަރޭޝަންގައި މިހާރު ކައުންސިލްތަކުން ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ ނަގައި، އެކަމަށް ހާއްސަ ޕޯޓަލް އެ މައުލޫތު ލެވޭނެ އެކްސެސް ދީފައިވެ އެވެ.

މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ "ކުރަނގި" އޮޕަރޭޝަން ފެށީ މެއި މަހުގެ 2 ގައި ކ. ހިންމަފުށިންނެވެ. އޭގެ ފަހުން މި އޮޕަރޭޝަން މާފުށީގައި ވެސް ހިންގާފައިވެ އެވެ.