Last Updated: May 20, 22:41
Tuesday, May 20, 2025
ދުނިޔެ

"ސްވީޓް ވެލީ ހައި" ގެ ލިޔުންތެރިޔާ މަރުވެއްޖެ

ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި އިނގިރޭސި ލޯބީގެ ވާހަކަ ސީރީޒް "ސްވީޓް ވެލީ ހައި" ގެ އެމެރިކާގެ ލިޔުންތެރިޔާ ފްރާންސީން ޕާސްކަލް މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އުމުރުން 92 އަހަރުގައި އޭނަ އާދީއްތަ ދުވަހު މަރުވީ ކެންސަރު ބަލީގައި ކަމަށެވެ. މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

"ސްވީޓް ހައި ވެލީ" ގެނެސްދޭން ފެށީ 1983 ގަ އެވެ. އޭގެ ފަހުން އެ ވާހަކަ ސީރީޒުން ދަށުން 180 އަށް ވުރެ ގިނަ ވާހަކަތައް ގެނެސްދީފައިވެ އެވެ. އަދި އޭގެ ސްޕިން-އޮފެއގެ ގޮތުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން "ސްވީޓް ވެލީ ކިޑްސް" ގެ ނަމުގައި ވާހަކަ ސީރީޒެއް ޕާސްކަލް ގެނެސްދިނެވެ.