Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

ފޮނަދު އަށް އާ ޖަނަރޭޓަރެއް ފޮނުވައިފި

ލ. ފޮނަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް އާ ޖަނަރޭޓަރެއް ފޮނުވައިފި އެވެ.

ފެނަކަ އިން ބުނީ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ފޮނަދޫ އަށް 1200 ކިލޮވޮޓްގެ ޖަނަރޭޓަރެއް މިހާރު ފޮނުވާފައިވާ ކަމަށެވެ. ޖަނަނޭޓަރު ރަށަށް ލިބުމާ އެކު އިންސްޓޯލްކޮށް ރަންކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ފެނަކަ އިން ބުނެ އެވެ.

މީގެ އިތުރުންވެސް އެހެނިހެން ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ފެނަކަ އިން ވަނީ ބުނެފަ އެވެ.