އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ހިތަދޫ ބޮޑު މަގުގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ކުރިމަތިން މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑެއްގައި އައި ސައިކަލް ކޮންޓްރޯލް ނުވެގެން ގޮސް ދުއްވާފައި އައި ކާރެއްގައި ޖެހިގެންނެވެ.
މި ހާދިސާގައި ސައިކަލު ދުއްވަން އިން ޒުވާނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ.
އެކްސިޑެންޓް ހިނގި މަންޒަރުދުށް މީހަކު 'އައްޑޫލައިވް'އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑު މަގުން ދުއްވާފައި ދިޔަ ކާރު ގޯޅި އަޅަން އުޅެނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލުން ޖެހިގެންނެވެ.
މި އަހަރުގެ މިހާތަނަށް އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުތަކުގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ބައެއް މީހުން ވަނީ ނިޔާވެފަ އެވެ.