Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

"އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަން މާދަމާ

ހުޅުމީދޫގައި ފުލުހުންގެ ވެހިކަލެއް ހަރަކާތެރި ވަނީ. ފޮޓޯ/ ހުޅުމީދޫ ޕޮލިސް

އައްޑޫގައި އަމާންވެއްޓެއް ގާއިމް ކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން "އަފިރިންގެ އަމާން އައްޑޫ ސިޓީ" ގެ ނަމުގައި ހާއްސަ އޮޕަރޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.

މި އޮޕްރޭޝަނުގައި ތެރޭގައި މަގުމަތީގެ ރަށްކާތެރިކަމާއި ވައްކަމާއި މާރާމާރީ އާއި ގްރޫޕްތަކުން ހިންގާ މާރާމާރީ އަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަނަށް ހާއްސަ ފުލުހުންގެ ޓީމެެއް ވެސް އައްޑު އަަށް މިހާރު ވަނީ އައިސްފަ އެވެ.

ކައުންސިލުން ވަނީ ފުލުހުންގެ ހާއްސަ އޮޕަރޭޝަން ކުރިއަށް ގެންދާ އިރު އައްޑޫގެ ހުރިހާ ރައްޔިތުން މިކަމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ވެސް އެދިފަ އެވެ.

މި އަހަރު ފެށުމާ ދިމާކޮށް ވެސް އައްޑޫގެ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުން ވަނީ ކުށް ކުރުން މަދު ކުރުމަށް ހާއްސަ އޮޕަރޭޝަނެެއް ހިންގައިފަ އެވެ.