Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ސްކޫލަކުން ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި

މާލޭގައި ހިންގަމުން އަންނަ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުން ހަތަރު ލެޕްޓޮޕް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުރި ވަކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، ނ. މިލަދޫ ސޯސަންގޭ، މުހައްމަދު ނައުޝާދު، 42، އެވެ. ކުރިން ވެސް ކުށުގެ ރެކޯޑް އޮތް ނައުޝާދު ސްކޫލުން ވައްކަންކުރި މައްސަލައިގައި ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އޭނަގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވެ އެވެ.