Last Updated: February 12, 21:09
Wednesday, February 12, 2025
ކުޅިވަރު

ޔޯރޯ ތިން މަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ޔުނައިޓެޑާއި ދާދިފަހުން އަލަށް ގުޅުނު ފްރާންސްގެ ޒުވާން ޑިފެންޑަރު ލެނީ ޔޯރޯގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ތިން މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ޔޯރޯ ،18، އަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު އާސެނަލްއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު ޕްރީ ސީޒަން މެޗުގަ އެވެ. އެ މެޗުގައި ޔުނައިޓެޑްގެ ޒުވާން ފޯވާޑް ރަސްމުސް ހޮއިލުންޑަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ޔުނައިޓެޑުން ބުނީ އަނިޔާއާ ގުޅިގެން ޔޯރީ ތިން މަހަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށާއި އަދި ހޮއިލުންޑްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ހަ ހަފްތާ އަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށެވެ.

ރެއާލް މެޑްރިޑުން ވެސް ހޯދަން މަސައްކަތް ކުރި ޔޯރޯ ޔުނައިޓެޑާއި ގުޅުނީ މިދިޔަ މަހުގެ ތެރޭގައި ފްރާންސްގެ ލިލް އިން 58 މިލިއަން ޕައުންޑުގެ އަގެއްގަ އެވެ.

ޔުނައިޓެޑުން ވަނީ އާ ސީޒަނަށް، ޔޯރޯގެ ކުރިން 36 މިލިއަން ޕައުންޑަށް ބޮލޯނިއާގެ ނެދަލެންޑްސް ފޯވާޑް، ޔޯޝުއާ ޒާކްޒީގެ ސޮއި ވެސް ހޯދައިފަ އެވެ.