އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު، 5ޖީގެ ހިދުމަތް ފުޅާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫން އަލަށް ތައާރަފް ކުރި ހިދުމަތްތަކާއި ގުޅޭގޮތުން އެކުންފުނިން ބުނީ، އުރީދޫ 5ޖީ މިހާރު ރާއްޖޭގެ 60 އިންސައްތައަށް ލިބޭނެ ކަމަށާއި އެ މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލުކުރެވޭނެ ކަމަށެވެ.
އުރީދޫގެ 19 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކަސްޓަމަރުން ޑިޖިޓަލް ދިރިއުޅުން ފުރިހަމަކުރުމަށް އާ އަދި އިތުރު ހިދުމަތްތަކެއް އެކުންފުނިން ވަނީ ތައާރަފްކޮށްފަ އެވެ.
އުރީދޫޏް ބުނީ އެ ކުންފުނީގެ ލޯޔަލްޓީ ޕްރޮގްރާމް، ނުޖޫމް ފަރުމާކޮށްފައި ވަނީ ހުރިހާ ކަސްޓަމަރުންގެ ބައިވެރިވެވޭ ގޮތަށް ކަމަށެވެ. މިގޮތުން ނުޖޫމްއާއެކު ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކާއެކު ޕޮއިންޓް ހޯދައި، އުރީދޫގެ ގިނަ ހިދުމަތްތަކަށާއި ތާޑް ޕާޓީ އޮފާތަކަށް ރިޑީމްކުރެވޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެ އެވެ.
މީގެ އިތުރުން އޭއައި ޕޯސްޓް ޕެއިޑް ޕެކޭޖާއެކު ބޮޑެތި އެލަވެންސްތައް ލިބޭ ޑޭޓާ ޕެކޭޖެއް އުރީދޫއިން އަހަރީ ދުވަހާއި ގުޅުވައި ވަނީ ތައާރަފްކޮށްފަ އެވެ. އެކުންފުނިން އަލަށް ތައާރަފް ކުރި ޕެކޭޖުތަކުގެ ތެރޭގައި މުނިފޫހިފިލުވުމަށް ހާއްސަ ޕެކޭޖެއްވެސް ހިމެނެ އެވެ.
އުރީދޫ ނޭޝަންގެ މުބަރާތަކާއެކު އެ ކުންފުނިން ވަނީ މިފަހަރުގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފަ އެވެ.