Last Updated: May 16, 01:00
Thursday, May 15, 2025
ޚަބަރު

"ދުންފަތް" އެތެރެ ކުރަން ދޭ ލުއި ކަނޑާލުން ފަސްކޮށްފި

ދުންފަތާ ގުޅުން ހުރި ބާވަތްތައް ރާއްޖެ އަށް އެތެރެ ކުރުމާ ގުޅޭ ގޮތުން ދީފައިވާ ލުއިތައް އުވާލުމުގެ މުއްދަތު ކަސްޓަމްސް އިން އިތުރުކޮށްފިއެވެ.

ސިނގިރޭޓާއި ވޭޕްކުރަން އާލާތް ފަދަ ތަކެތި އެތެރެކުރަން ދޭ ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލަން ނިންމާފައި އޮތީ މިއަދުން ފެށިގެންނެވެ.

ނަމަވެސް ކަސްޓަމުން ބުނީ އެ ލުއިތައް ދިނުން ހުއްޓާލާ ތާރީހަށް އަމަލު ކުރަން މިހާރު ނިންމާފައި ވަނީ ނޮވްމެބަރު މަހުގެ 1 އިން ފެށިގެން ކަމަށެވެ.

ރާއްޖެ އަކީ ދުންފަތުގެ އިސްތިއާލު ކުރުން ބޮޑު އަދި އެ ކަމަށް ބޭނުންތާ ތަކެތީގެ ވިއްކުމުގެ ވިޔަފާރި ވެސް ބޮޑު ގައުމެކެވެ. އަދި މި ފަހުން ދިވެހިންގެ ތެރޭގައި ވޭޕްކުރުމާއި ޝީޝާ ބުއިމުގެ އާދަ ވެސް ވަރަށް ބޮޑަަށް އިތުރުވެގެން ގޮސްފައިިވެ އެވެ. މި

މި ފަހަކަށް އައިސް އޮޅުވާލައިގެން ސިނގިރެޓް އެތެރެކުރަން އުޅުމުގެ މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ.