Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

މާރާމާރީ ހިންގި ބިދޭސީންތަކެއް ދޫކޮށްލައިފި

ބިދޭސީންތަކެއް ލަޓިބުރިތަކެއް ހިފައިގެން ނުކުމެ ރޭ މާލޭގެ މަގެއްގެ މަތީގައި މާރާމާރީ ހިންގައި ދެ މީހަކަށް އަނިޔާ ވެސް ވި ހާދިސާއާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

ސޯޝަލް މީޑިއާގައި ވީޑިއޯ ވެސް އާންމުވެފައިވާ އެ މާރާމާރީ ހިންގީ ހަ ބިދޭސީއަކުވެގެން އަސްރަފީ މަގުގައި ރޭގެ 12:33 ހާއިރު އެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މާރާމާރީއާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ އެންމެން ވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މާރާމާރީ ހިންގީ ކޮން ގައުމެއްގެ ބައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.