Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ކޯޓަށް ހާޒިރު ކުރަން މީހަކު ހޯދަނީ

ތަހުގީގަކަށް ކުޑަކަމުދާއެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން އައްޑޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ ހިތަދޫ، ޔެލޯވިލާ، ޢަދުނާން، 54، އެއެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ކުޑަކަމުދާއެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށް ކޯޓަށް ހާޒިރުކޮ ށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ އަދުނާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.