Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

ތުރާކުނަށް ވޯޓާ ބަންކަރިންގެ ހިދުމަތް

ހއ. ތުރާކުނުގައި ވޯޓާ ބަންކަރިންގެ ޚިދުމަތް ފޯރުކޮށް ދޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު މިއަދު ތުރާކުނު ކައުންސިލާ ބައްދަލު ކުރައްވައި ވިދާޅުވީ ކައުންސިލުން އެދިފައިވާ ގޮތަށް ވޯޓަރ ބަންކަރިން ޚިދުމަތް ދޭން ބޭނުންކުރާ ފްލޯޓިން ބާޖް ތުރާކުނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ ވޯޓާ ބަންކަރިންގ ޚިދުމަތް ފެށުމުން ތުރާކުނުގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ވެސް ފަހިވެގެން ދާނެ ކަމަށެވެ.