އުތުރުގައި އިންޓަނޭޝަނަލް ބަންކަރިން ޚިދުމަތް ފެށުމަށް ބޭނުންވާ ބޯޓުތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ގެނެސްފި އެވެ.
އެމްޕީއެލް އިން ބުނީ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިން ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ކުޅުދުއްފުށި ޕޯޓަށް މިއަދު ގެނެސްފައިވާ ކަމަށެވެ.
އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ވަނީ ކުޅުދުއްފުށި ޕޯޓަށް މިއަދު ގެނެސްފައި. #MaldivesPortsLimited #MPL #portmv pic.twitter.com/vqkHfl29XZ
— Maldives Ports Limited (@Portmv) August 2, 2024
އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް މި މަހު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ. ސައީދު ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސަރަހައްދުން 300-450 އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓު ފަހަރު ދަތުރު ކުރާނެ ކަމަށެވެ.
އޭގެ ތެރެއިން އެއް ޕަސެންޓަށްް ބަންކަރިން ހިދުމަތް ދިން ނަމަވެސް ފުރަތަމަ އަހަރުވެސް ރާއްޖެއަށް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިން މަޝްރޫއެއް ހިންގަން ހަކަތައިގެ ވިޔަފާރި ކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކީ އެސްޓީއޯ އިން ސޮއިކުރީ މާޗް 13 ގަ އެވެ.