Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ސައިކަލަކުން ވެއްޓުނު މީހަކު ފަރުވާ އަށް މާލެ އަށް

އައްޑޫ ހިތަދޫގައި ރޭ ސައިކަލަކުން ވެއްޓި އަނިޔާވި މީހަކު އިތުރު ފަރުވާ އަށް މާލެ ގެންދަން ނިންމައިފި އެވެ.

ރޭ ދަންވަރު 12:00 ޖަހަން އުޅެނިކޮށް ހިނގި ހާދިސާގައި އަނިޔާވީ 23 އަހަރުގެ ޒުވާން ފިރިހެނަކަށެވެ. ފުލުހުން ބުނީ އޭނަ ސައިކަލުން ވެއްޓި އަނިޔާވީ ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެ ކަހާލައިގެން ވެއްޓި ކަމަށެވެ.

އެ ހާދިސާގައި ޒުވާނާ އަށް ލިބުނު އަނިޔާތަކަށް އަައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ސާފެއް ނުވެ އެވެ.

މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.