Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ކުޅުދުއްފުށީ ބޯޓްޔާޑްގެ 95 ޕަސެންޓް ނިމިއްޖެ

ކުޅުދުއްފުށީގައި ހަދަމުން އަންނަ ބޯޓްޔާޑްގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) އިން ބުނެފި އެވެ.

އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިއްޔެ ބައްލަވާލައްވާފައިވެ އެވެ.

ކުޅުދުއްފުށި ޕޯޓް ސަރަހައްދުގައި ތަރައްގީކުރާ ބޯޓްޔާޑަކީ 15،000 އަކަފުޓޫގެ ތަނެކެވެ. އެތަނުގެ މަސައްކަތުގެ 95 ޕަސެންޓް މިހާރު ނިމިފައިވާ އިރު، ވަރަށް އަވަހަށް މުޅި ޕްރޮޖެކްޓް އެއްކޮށް ނިމޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި މަހުގެ ތެރޭގައި ބޯޓްޔާޑް ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ފިނިޝްގެ މަސައްކަތްތައް ނިންމައި، ހިދުމަތް ފެށުމުގެ ކުރިން ޑޮކްޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދަން ވެސް އިއުލާން ކުރާނެ ކަމަށެވެ.