Last Updated: July 27, 14:03
Sunday, July 27, 2025
ޚަބަރު

ކާވާ މުބާރާތުން އެޑަމް އާއި ކުޑަކާއްޓެ އަށް ރަން މެޑަލް

ބޫޓާންގައި ކުރިއަށްދިޔަ ކާވާ ބީޗްވޮލީ ޗެލެންޖު ކަޕްގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ރަން މެޑަލް ދިފާއުކޮށްފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ޕެއާ ހޯދާފައިވަނީ ފައިނަލުގައި ނޭޕާލުގެ އެއްވަނަ ޕެއާ މަން ބަހާދުރު އާއި ދިލް ބަހާދުރުގެ ޕެއާ ބަލިކޮށްގެންނެވެ.

ފައިނަލް އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވެފައިވަނީ 21-19، 21-17 އިންނެވެ.

މީގެ ކުރިން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އިން ރަން މެޑަލް ހޯދީ ބަންގުލަދޭޝްގައި 2022 ވަނަ އަހަރު ބޭއްވި ކާވާ ބީޗްވޮލީ މުބާރާތުންނެވެ. އެފަހަރު ވެސް ފައިނަލުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ނުކުތީ މިފަހަރު ވެސް ފައިނަލުގައި ކުޅުނު މަން އާއި ދިލްގެ ޕެއާއާ ދެކޮޅަށެވެ.