ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) އިން ރާއްޖޭގެ އެންމެ ދެކުނުގައިވާ 4 އަތޮޅު ގުޅާލުމަށް ދެމުން އަންނަ އާރުޓީއެލް ފެރީގެ ހިދުމަތަށް އައު ސްޓޮޕެއް އިތުރުކޮށްފި އެވެ.
އެމްޓީސީސީ އިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ އާރުޓީއެލް ފެރީ ހިދުމަތުގައި ހިމެނޭ ޒޯން 5 (ހުވަދޫ އަތޮޅު) އަދި ޒޯން 6 (އައްޑޫ ސިޓީ/ފުވައްމުލައް ސިޓީ) ގުޅުވައިދޭ ފުވައްމުލައް – ވާދޫ ރޫޓަށް މާދަމާ އިން ފެށިގެން ފަރެސްމާތޮޑާއަށް ހުއްޓާގޮތަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިއީ ކަސްޓަމަރުންގެ ހިޔާލާ މަޝްވަރާއާއި އެކު މި ޒޯންގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ގެނެވިފައިވާ ބަދަލެއް ކަމަށް އެމްޓީސީސީން ބުނެ އެވެ.
އާރްޓީއެލްގެ ހިދުމަތް ދެކުނުގެ އަތޮޅުތަކަށް ފަށާފައިވަނީ މިދޔަ އަހަރު އޮގަސްޓްމަހުގެ ތެރޭގަ އެވެ.