Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

މީޑިއާ ވިލެޖާ ގުޅޭ މަޝްވަރާތަކެއް ބާއްވައިފި

މޯލްޑިވްސް މީޑިއާ ވިލެޖް ގާއިމު ކުރުމާ ގުޅޭ ގޮތުން ދެ މިނިސްޓްރީއަކުން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ޔޫތު މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ދެމެދު އެވެ. ދެ މިނިސްޓްރީގެ ބައްދަލުވުމުގައި މީޑިއާ ވިލެޖް ގާއިމު ކުރަން ބޭނުންވާ އެކިއެކި ވަސީލަތްތަކާއި ޖާގައާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

މީޑިއާ ވިލެޖެއް ގާއިމު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ދަށުން މީޑިއާ ވިލެޖްގެ މަސައްކަތްތަކަށް މިހާރު ވަނީ އެސްޓީއޯ އިން ހުޅުމާލޭގައި ހަދަން ފެށި ހޮޓަލުގެ ފްލޯތަކެއް ހަމަޖައްސައިފަ އެވެ.

މަސައްކަތް ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ އެ ހޮޓާގެ މަސައްކަތް އެސްޓީއޯ އިން ހުއްޓާލާފައިވާ އިރު، އެ އިމާރާތް މިހާރު ހުރީ އިންފްރާސްޓްރަކްޗަ މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ.

މީޑިއާ ވިލެޖުން ކޮންމެ މީޑިއާއަކަށް ވެސް އޮފީސް ހިންގުމަށް އަގުހެޔޮކޮށް ޖާގަ ދޫކުރަން ހަމަޖެހިފައިވެ އެވެ.