Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

23 މިލިއަން ރުފިޔާގެ ނޫޓް ނައްތާލައިފި

ހަލާކުވެގެން މިދިޔަ އަހަރުގެ ތެރޭގައި ދިވެހި ފައިސާގެ 391،957 ނޫޓު ނައްތާލާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި ނައްތައިލި ގޮތުގައި ނައްތާލި 391،957 ނޫޓުގެ އަގު 22.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ނައްތައިލި ނޫޓުތަކުގެ ތެރޭގައި އެންމެ ގިނައީ 20ރ. ގެ ނޫޓެވެ.

އެމްއެމްއޭ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި 2016-2022 އަށް ޖުމްލަ 1.28 މިލިއަން ނޫޓު ނައްތާލާފައިވެ އެވެ. އެ ނޫޓުތަކުގެ ފައިސާގެ އަގު 106.3 މިލިއަން ރުފިޔާއަށް އަރަ އެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަނީ ފެންވަރު ރަނގަޅު އެގޮތުން "ރަންދިހަ ފަހެއް" ގެ ނަމުގައި އެ ނޫޓް ސީރީޒް ބޭނުން ކުރަން ފެށީ 2016 ގަ އެވެ.