Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ފުލުހެއްގެ ސައިކަލް ރޯކޮށްލި 2 މީހަކު ހައްޔަރުކޮށްފި

މިދިޔަ ހަފުތާގެ ތެރޭގައި ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 1 ވަނަ ދުވަހު ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ ރޯކޮށްލި މައްސަލައިގައި ކޯޓް އަމުރެއްގެ ހައްޔަރުކޮށްފައި ވަނީ ހެނބަދޫ ސެލްވިއޯ، އިލްޔާސް އިބްރާހީމް، 33 އާއި އެ ރަށު ހުދު ތަރި، މުހައްމަދު އިރުޝާދު، 33، އެވެ.

ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުން ދޭނެ ކަމަށް ބުނެ އެ މީހުން އިންޒާރު ވެސް ދީފައިވާ މަށް ފުލުހުން ބުނެފައިވެ އެވެ.